އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހު ދިދަ ނެގުމާއި ކޭކު ފެޅުން ބާއްވައިފި

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހު ދިދަ ނެގުމާއި ކޭކު ފެޅުން ބާއްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 20 އަހަރު ފުރުމާއި ގުޅިގެން، އެ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތާއި ކޭކު ފެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމްޑީޕީގެ ހަރުގޭގައި ކުރިއަށްދިޔަ މި އިވެންޓުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އާންމު މެމްބަރުންވެސް ބައިވެރިއެވެ.

އެމްޑީޕީން ބުނީ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރާވާފައިވާ ހަރަކާތްތައް މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *