އީރާނާއި އިޒްރޭލުގެ މެދުގައި މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އެ ދެގައުމުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ގަތަރާއި އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ރޭ މިސައިލުން ހަމަލާ ދިންތާ ގިނައިރުތަކެއްނުވެ ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލަން ނިންމިކަން އިއުލާނު ކޮށްފައެވެ.
"12 ދުވަހުގެ ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެންނަން އިސްރާއިލާއި އިރާނުން ވަނީ އެއްބަސްވެފައި. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެކަން ތަންފީޒުވާނެ." ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް އިޒްރޭލާއި އީރާނުން އަދި ސީދާ މި ވާހަކައަށް ވަކި އެއްޗެެއް ނުބުނެއެވެ. އީރާނުން އަބަދުވެސް ބުނަމުން ދަނީ އެ ގައުމު ހަނގުރާމަ އެއްގެ ތެރެއަށް ވެއްދީ އިޒްރޭލުން ކަމަށާއި މިއީ ކުރަން ބޭނުންވާ ހަނގުރާމަ އެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން ހަމަލާތައް ހުއްޓާލައިފި ނަމަ އީރާނުން ވެސް ހުއްޓާލަނެ ކަމަށެވެ. ނަމަވެސް ހަމަލާ ދޭނަން ރައްދު ދޭނެ ކަމަށެވެ.