އިޒްރޭލުގެ ދިފާއީ ވަޒީރުގެ އިންޒާރެއް ޚާމަނާއީއަށް: ސައްދާމު ހުސޭނަށް ވީގޮތް ހަނދާން ކުރޭ

އިޒްރޭލުގެ ދިފާއީ ވަޒީރުގެ އިންޒާރެއް ޚާމަނާއީއަށް: ސައްދާމު ހުސޭނަށް ވީގޮތް ހަނދާން ކުރޭ

އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަށް އިޒްރޭލްގެ ދިފާއީ ވަޒީރު އިޒްރައެލް ކަޓްޒް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އިޒްރޭލްގެ ދިފާއީ ވަޒީރު، ޚާމަނާއީއަށް އިންޒާރު ދެއްވައި ވިދާޅުވީ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސޭނަށް ވީގޮތް ހަނދާން ކުރުމަށެވެ. ޚާމަނާއީއަށްވެސް އެފަދަ ގޮތެއް ވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އޭނާ ވިދާޅުވީ ސައްދާމް ހުސޭނުވެސް އިޒްރޭލާ ދެކޮޅަށް ނުކުތް ކަމަށެވެ. ނުކުތުމުން ސައްދާމްގެ ނިމުން އައިގޮތް ފެނިގެން ދިޔަ ކަމަށެވެ.

"އަހަރެމެންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް އީރާނުގެ ޚުދުމުޚުތާރު ވެރިޔާއަށް އިންޒާރު ކުރަން. އެހެން ނޫނީ ހަމަ އެއްކަހަލަ ގޮތެއް ވެދާނެ." އިޒްރޭލްގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.

އީރާން، އިޒްރޭލް ހަނގުރާމައިގެ ތެރެއަށް އިޒްރޭލަށް އެހީވާން އެމެރިކާ ވަންނަން އުޅޭ ޚަބަރުތައްވެސް މިހާރު ވަނީ ގަދަވެފައެވެ. އަނެއްކޮޅުން އީރާނުން ބުނަނީ ކިތަންމެ އިންޒާރެއް ދިނަސް އަމާން ނުދޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *