ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މިއަދު ޗައިނާއަށް ފުރައިފިއެވެ.
މަޖިލިސް އިދާރާއިން މައުލޫމާތު ދެއްވިގޮތުގައި ޗައިނާއަށް ފުރި މަޖިލީހުގެ މެމްބަރުންގެ ޓީމުގައި އިސްކޮށް ހުންނެވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމެވެ.
މަޖިލީހުގެ މެމްބަރުންގެ ޓީމެއް ޗައިނާއަށް މިއަދު ފުރީ ޗައިނާގައި ފަށާ ދެ ފޯރަމެއްގައި ބައިވެރިވުމަށެވެ. އޭގެތެރެއިން އެއްފޯރަމަކީ 9 ވަނަ ޗައިނާ-ސައުތް އޭޝިޔާ އެކްސްޕޮޒިޝަނެވެ. ދެވަނަ ފޯރަމަކީ 6 ވަނަ ޗައިނާ- ސައުތް އޭޝިއާ ކޯޕަރޭޝަން ފޯރަމެވެ.
މި ދެ ފޯރަމްވެސް އޮތީ ޗައިނާގެ ކުންމިންގ ސިޓީގައެވެ.