ރައީސް ކަމަށް މިވަގުތު އެންމެ ފައްކާވެފައި ހުރި ބޭފުޅަކީ ޝާހިދު: ކެލާ ޝަރީފް

ރައީސް ކަމަށް މިވަގުތު އެންމެ ފައްކާވެފައި ހުރި ބޭފުޅަކީ ޝާހިދު: ކެލާ ޝަރީފް

ދިވެހިރާއްޖޭގެ ރައީސް ކަމަށް މިވަގުތު އެންމެ "ފައްކާވެފައި ހުރި" ބޭފުޅަކީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހީމް ޝަރީފް (ކެލާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، ޝާހިދަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ޑިޕޮލޮމެޓް ކަމަށެވެ. އެކަމަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އެއްބަސްވާނެ ކަމަށާއި، ޝާހިދަކީ ގާނޫނީ ހަމަތަކާއި މިންގަނޑުތައްވެސް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ޝާރީފް ވިދާޅުވިއެވެ. މީގެއިތުރުން ޝާހިދަކީ ދައުލަަތުގެ އިސްމަގާމު ތަކެއް ގިނަ ދުވަހު ފުރުއްވާފައިވާ ބޭފުޅެއްކަން ޝާރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ އެހުރިހާ ސަބަބުތަކާއެކު އަބްދުﷲ ޝާހިދަކީ "ރާއްޖޭގެ މިހާލަތަށް ފައްކާވެފައި ހުރި ހަމައެކަނި ރައީސް" ކަމަށެވެ.

ޝާހިދަށް ކުރައްވާ ތާއީދު ޝަރީފް ހާމަކުރެއްވިއިރު، މިވަގުތު ޝާހިދު ހުންނެވީ އެމްޑީޕީގެ ރައީސް ކަމުގައެވެ. ޝާހިދު ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޢެމްޑީޕީ މިހާރު ވިސްނަންވީ ކަމަކީ ކުރިއަށް އޮތް ލޯކަލް ކަަައުންސިލް އިންތިޙާބަށް ވިސްނުން. ރައީސުންގެ ކޯޅުން ބާއްވާފަ ޕާރޓީ ހިންގުން ހަރުދަނާކޮށްބަލަ.

Leave a Reply

Your email address will not be published. Required fields are marked *