މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ކުއްލިގޮތަކަށް އަވަހާރަވީ ނޫން ކަމަށާއި ބަޔަކު އެބޭފުޅާ ޝަހީދުކޮށްލެއްވީ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ޑރ. އަބްދުލްމަޖީދު އަވަހާރަވީ 22 މެއި 2018ގައި ކުއްލިގޮތަކަށް ސްޓްރޯކެއް ޖެހިގެން ސްރީލަންކާގައެވެ.
އިމްރާންގެ ”އެކްސް“ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. އަބްދުލްމަޖީދުގެ ކުއްލި މަރާ ގުޅިގެން މި ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެ ކަމަށެވެ.
”ޑރ. އަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެއެވެ. އާއެކެވެ. ޑޮކްޓަރު މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.“ އިތުރު ތަފްސީލެއް ނުދެއްވައި ލިޔުއްވާފައިވާ ކުރު ޕޯސްޓުގައި އޭނާ ވިދާޅުވެފައިވެއެވެ