ލ. އަތޮޅު މަހަކަންފުއްޓަށް ބަޔަކު މަސް ހިފަން ގޮސްއުޅޭ މަންޒަރު

ދާ ޖަހައިގެން މަސް ހިފަން އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ދާ ޖަހައިގެން މަސް ހިފަން އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ލ. އަތޮޅު ގަން ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ "މަހަކަންފުށި" ކައިރިއަށް މަސް ހިފަން ފޭބި އެރަށު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

"މާލެ ޓައިމްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް ހިފަން ފައިބައި އުޅެނިކޮށް ގެންލިގެން ހޯދަމުން ދަނީ ގަމު ތުނޑީ އަވަށު ފެސްފަރީ، އަބުދުލްސަމަދު މުހައްމަދެވެ. ފުލުހުންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ، ސަމަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ހިއްސާކޮށް އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދާ ޖަހައިގެން މަސް ހިފަން އުޅުނު މީހެކެވެ. ސަމަދު ހޯދުމުގެ މަސައްކަތް އެ ރަށު ކައުންސިލުންވެސް ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *