ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި ބިދޭސީއެއް ގެއްލިގެން ހޯދަނީ

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި ބިދޭސީއެއް ގެއްލިގެން ހޯދަނީ

ގައިން ގަޔަށް އަރާ ބައްޔެއް ހުރި ބަނގުލަދޭޝްގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ވަޑާންކުރުމުގެ މަސައްކަތުގައި އުޅޭ ރޫހުލް އަމީން ނަމަކަށް ކިޔާ އެ މީހާ ގެއްލުނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އަމީންގެ ސްޕޮންސަރު  މުހައްމަދު ޝަރީފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އަމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އޭނާގެ ނަންބަރު 7478833 އަށް ގުޅައި އަންގައި ދިނުމަށް އެދިފަ އެވެ.

ވިސާ އާކުރަން ޓެސްޓުތައް ހެދިއިރު ގައިން ގަޔަށް އަރާ ބައްޔެއް ފާހަގަވި ކަމަށެވެ. ނަމަވެސް އެއީ ކޮން ބައްޔެއްކަން އެޗްޕީއޭއިން ހާމަ ނުކުރާ ކަމަށް ވެސް ބުންޏެވެ. އެހެންވެ އޭނާ ބަނގުލަދޭޝްއަށް ފުރުވާލަން އެއާޕޯޓަށް ފޮނުވަން ވިލިނގިލީ މާލެ ފެރީއަށް ލި ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށް ޝަރީފް ބުންޏެވެ.

ޝަރީފް ބުނީ އެ މައްސަލަ ފުލުހުންނާ އިމިގްރޭޝަންއަށް އަދި ހުށަނާޅާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއަށް ރިޕޯޓްކުރުމުން ބިދޭސީ މީހާ އަދި ނުފުރާކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ސްޕޮންސަރުންނަށް ފިލުމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *