ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ އަޅުގަނޑެއްނޫން، ނުފޫޒު ފޯރުވީ ސުއޫދު: އުޝާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ އަޅުގަނޑެއްނޫން، ނުފޫޒު ފޯރުވީ ސުއޫދު: އުޝާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ނުފޫޒު ފޯރުވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުން، އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ އޭނާ ނޫން ކަމަށާއި އެކަން ކުރެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށެވެ.

ސަރުކާރުން ގެނެސްދޭ "އަހާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ޝަރުއީ ދާއިރާއަށް އޭނާ އެއްވެސް އިރެއްގައި ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ސުއޫދު، އޭނާގެ މައްޗަށް އެ ތުހުމަތު ކުރެއްވުމުން ބަޔެއް މީހުންނަށް އެއީ ތެދެއް ކަމަށް ހީވެފައިވާ ކަމަށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި، ސިޔާސީ ބޭފުޅުން އެކަހަލަ ވާހަކަ ދައްކަވާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އިވޭ ކޮންމެ ވާހަކައަކަށް އޭނާ ރައްދު ދެއްވުމަކީ ކުރައްވާ ކަމެއްނޫން ކަމަށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އެކިގޮތް ގޮތުން ސުއޫދު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުއިއްޒަށް ސުއޫދު ފޮނުއްވި މެސެޖުތަކަކާއި ރައީސް އަރިހުގައި ސުއޫދު ދައްކަވާފައިވާ ވާހަކަތަކުން އެކަން އެނގެން އެބައޮތް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ވާހަކަތަކެއް ކަމެއް ވިދާޅެއްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *