ކުޑަކުދިންގެ ދުވަސް- މިއަދުގެ ކުޑަކުދިންނަކީ މާދަމާ މި ގައުމުގެ ލީޑަރުން: ޝާހިދު

ކުޑަކުދިންގެ ދުވަސް- މިއަދުގެ ކުޑަކުދިންނަކީ މާދަމާ މި ގައުމުގެ ލީޑަރުން: ޝާހިދު

ކުޑަކުދިންގެ ހެދި ބޮޑުވުމަށް ކޮންމެ ދުވަހަކުމެ ބެލެނިވެރިން ރައްކާތެރި ވާންޖެ ހޭކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން ގެންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތު ފާހަގަކޮށް، ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ޝާހިދު ވިދާޅުވެފައި ވަނީ ކުޑަކުދިންނަކީ މާދަމާ މި ގައުމުގެ ލީޑަރުން ކަމަށެވެ. އެހެން ކަމުން އެކުދިންނަށް، އުފާވެރި، ރައްކާތެރި، ދުޅަހެޔޮ މާހައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ އުފަލަކަށް ހަދަންޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އެކުދިންގެ ހެދިބޮޑުވުމަށް ކޮންމެ ދުވަހަކުމެ ބެލެނިވެރިން ރައްކާތެރި ވާންޖެހޭ. މާދަމާގެ ކާމިޔާބަކީ މިއަދުގެ ބުރަ މަސައްކަތް،" ޝާހިދު ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހެވެ. ކުޑަކުދިންގެ ދުވަސް ރާއްޖޭގައި އަބަދުވެސް ވަރަށް ކުލަގަދަކޮށް ސްކޫލް ތަކުގައި ދަނީ ފާހަގަ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *