ބޮޑެތި މަރުތަކުގެ މައްސަލަ ބަލާ ޑިޕާޓްމަންޓްގެ ހެޑް ސާމިހު އެހެން ޑިޕާޓްމަންޓްއަކަށް ބަދަލުކޮށްފި

ބޮޑެތި މަރުތަކުގެ މައްސަލަ ބަލާ ޑިޕާޓްމަންޓްގެ ހެޑް ސާމިހު އެހެން ޑިޕާޓްމަންޓްއަކަށް ބަދަލުކޮށްފި

ބޮޑެތި މަރުތަކުގެ މައްސަލަ ބަލާ އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން މިއަދު ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި އެވެ.

ސާމިހު އެހެން ޑިޕާޓްމަންޓްއަކަށް ބަދަލުކުރިކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

ނަަމަވެސް ސާމިހު އެހެން ޑިޕާޓްމަންޓްއަކަށް ބަދަލުކުރީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

މި ވަގުތު ސާމިހު ހުންނެވީ ޗުއްޓީގަ އެވެ.

ސާމިހު އެހެން ޑިޕާޓްމަންޓްއަކަށް ބަދަލުކުރި އިރު މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ހަމްނާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އަދި އެ ހާދިސާއާ ގުޅިގެން ޒުވާނުންތަކެއް ކޮންމެ ރެއަކު މުޒާހަރާކުރަމުންދާ އިރު އެ ޒުވާނުން ޑިމާންޑްކުރަމުން ދިޔަ އެއް ކަމަކީވެސް ސާމިހު މަގާމުން ވަކިކުރުމެވެ.

ޔުމްނުގެ ހާދިސާ ތަހުގީގުކުރަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އުފެއްދެވި ރިޔާސީ ކޮމިޝަންގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މެލޭޝިއާގައި އޮޕަރޭޝަންއެއްކޮށް ޔުމްނުއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ހޭ އަރާފައިވާ އިރު އެ ހާދިސާ ހިނގި ގޮތެއް އަދިވެސް ސާފެއް ނުވެއެވެ.

އެ މައްސަލައިގައި ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލު މިހާާރު ހުރީ ހައްޔަރުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *