ފަރުހާދުގެ ބަދަލުގައި ނަވީނަށް ވަގުތީ ޕޮލިސް ކޮމިޝަނަރުގެ މަގާމުކަން ދީފި

ފަރުހާދުގެ ބަދަލުގައި ނަވީނަށް ވަގުތީ ޕޮލިސް ކޮމިޝަނަރުގެ މަގާމުކަން ދީފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ މިރޭ ހަވާލުކުރުމަށް ފަހު ގަޑިއިރެއްވީ ތަނާ ފަރުހާދު އަތުން މަސްއޫލިއްޔަތު ނެގުމަށް ފަހު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ހަމަޖައްސައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަލީ ޝުޖާއު މިއަދުގެ ވަގުތެއްގައި އިސްތިއިފާ ދެއްވުމުންނެވެ.

ސީޕީގެ މަސްއޫލިއްޔަތުތައް ފަރުހާދާ ހަވާލުކުރެއްވި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ލިޔުއްވީ މިރޭ 7:46 ގަ އެވެ. ނަމަވެސް 8:46ގައި އިހުސާން ޕޯސްޓްކުރެއްވީ ނަވީނަށް މިހާރު ސީޕީގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *