ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އަލީ ސުޖާއު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސުޖާ ވަނީ އިސްތިއުފާ ދެއްވަން ނިންމެވި ކަން ފުލުހުންގެ އިސްވެރިންނަށް ވެސް އަންގަވާފައެވެ. އޭނާ އިސްތިއުފާ ދެއްވަން މި ނިންމެވި ޔުމްނު ވެއްޓުނު ހާދިސާގައި ޒުވާނުން ނުކުމެ ސުޖާގެ އިސްތިއުފާ އަށް ގޮވާލާފައި ވަނިކޮށެވެ.