50 ޕަސެންޓް ތާއީދުނެތި ވެރިކަން ލިބިއްޖެނަމަ ކުރާނީ ގަދަބާރުން އަމިއްލަ ވެރިކަމެއް: ކެލާ ޝަރީފް

50 ޕަސެންޓް ތާއީދުނެތި ވެރިކަން ލިބިއްޖެނަމަ ކުރާނީ ގަދަބާރުން އަމިއްލަ ވެރިކަމެއް: ކެލާ ޝަރީފް

ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ފަންސާސް ޕަސެންޓް ވޯޓު ނުލިބި، ވެރިކަމަށް ވަޑައިގެންފިނަމަ، އެ ވެރިޔަކު ވެރިކަން ކުރަން ޖެހޭނީ ގަދަބާރުން ކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝަރީފް (ކެލާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ޝަރީފް ވިދާޅުވީ ރައްޔިތުންގެ 50 ޕަސެންޓް ވޯޓު ނުލިބިއްޖެނަމަ ވެރިކަން ކުރަންޖެހޭނީ މެޖޯރިޓީގެ ތާއީދު ނެތި ކަމަށެވެ. އަދި އެފަދަ ޙާލަތެއްގައި ކުރެވޭނީ ޚުދުމުޚްތާރު އަމިއްލަ ވެރިކަމެއް ކަމަށެވެ.

"ޑިމޮކްރަސީގައި ގައުމެއްގެ %50 މީހުންގެ ވޯޓް ނުލިބި ވެރިކަން ލިބިއްޖެނަމަ ވެރިކަން ކުރަން ޖެހޭނީ މެޖޯރިރިޓީގެ ތާއީދުނެތި، ގަދަބާރުން، މިގޮތަށް ވެއްޖެނަމަ، ކުރެވޭނީ ރައްޔިތުންގެ ތާއީދު ނެތް ޚުދުމުހުތާރު އަމިއްލަ ވެރިކަމެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވިއިރު، ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ހަމައިން އިންތިޚާބުގެ ދެވަނަ ބުރު އުވާލުމުގެ ވިސްނުން ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. މި މައްސަލައިގައި ސަރުކާރުގެ ވިސްނުން ހުރީ ދެވަނަ ބުރު އުވާލައި އެއްބުރުން އިންތިޚާބު ނިމޭނެ ގޮތެއް ހެދުމަށެވެ. ނަމަވެސް ސަރުކާރާ ވިސްނުން ތަފާތު ގިނަ ބޭފުޅުން ވަކާލާތު ކުރައްވަމުން ގެންދަވަނީ ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކު ރައްޔިތުންގެ 50 ޕަސެންޓް ވޯޓު ހޯދަންޖެހޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *