ދިވެހިންގެ އެހީގައި ގާޒާގެ ހޮސްޕިޓަލުގެ މަރާމާތު  މަސައްކަތް ނިންމާލައިފި

ދިވެހިންގެ އެހީގައި ގާޒާގެ ހޮސްޕިޓަލުގެ މަރާމާތު  މަސައްކަތް ނިންމާލައިފި

ދިވެހިންނާއި، އެޗްޑީސީގެ މުވައްޒަފުންގެ އެހީގައި، އުތުރު ޣައްޒާގައި ހުރި ޝުޖާޢިއްޔާ ހޮސްޕިޓަލް މަރާމާތުކޮށް ހުޅުވައިފިއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލުޢާއްމުގެ ތެރެއިން ޣައްޒާގެ ސިއްހީ ނިޒާމު ވަނީ އެއްކޮށް ފުނޑުފުނޑު ކޮށްލާފައެވެ. އެގޮތުން ޣައްޒާގެ އެތައް ހޮސްޕިޓަލްތަކެއް ބިމާއި ހަމަކޮށްފައިވާއިރު، އެތަނުން އެއް ހޮސްޕިޓަލަކީ ޝަޖާޔާ ހޮސްޕިޓަލެވެ.

އެތަން މަރާމާތުކޮށް ބޭނުން ކުރެވޭ ފެންވަރަށް ތަރައްގީކޮށްފައިވަނީ އެޗްޑީސީއާއި ދިވެހިންގެ އެހީގައި އައިއޭސީން ނެވެ.

އެތަން ހުޅުވުމާއި ގުޅިގެން، ޣައްޒާގެ ހެލްތު މިނިސްޓްރީގެ އަންޑަރ ސެކެރެޓަރީ ޑރ. މާހިރު ޝާމިޔާ ވަނީ އައިއޭސީ އަށާއި ޣައްޒާގެ އަލް ޚައިރު ޖަމިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

އުތުރު ޣައްޒާގެ ޝުޖާޢިއްޔާ ހޮސްޕިޓަލަކީ 80،000 އަށްވުރެ ގިނަ މީހުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަކީ ޝުޖާޢިއްޔާ އަވަށުގައި އަސާސީ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދޭ ހަތަރުވަނަ ފަންތީގެ މަރުކަޒެކެވެ.

”މިތަނުގެ ސަބަބުން އާއްމު ބަލިތަކަށް ފަރުވާދެވި، އަދި އޭގެ އިތުރުން ދާއިމީ ބަލިތަކާ، ދަރިމައިވުމާ ގުޅޭ ބަލިތަކާ، ކުޑަކުދިންގެ ބަލިތައް އަދި ވެކްސިނޭޝަންސް ގެ އިތުރުން އެމެޖެންސީ ފަރުވާ ދެވިގެންދާނެ.“ އައިއޭސީން ބުނެފައިވެއެވެ.

އެހެންކަމުން، މި ހޮސްޕިޓަލް މަރާމާތު ކޮށް ނިމުމުން، އިސްރާއިލުން ފަށާފައިވާ ޤަތުލުޢާއްމުގައި އަނިޔާވެ އެމެޖެންސީ ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަސޭހަވެގެންދާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *