ތެލަސީމިޔާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރަނީ

ތެލަސީމިޔާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރަނީ

މިހާރު ތެލަސީމިޔާ ސެންޓަރު ހިންގަމުން އަންނަ ތަން ދޫކޮށްލުމަށްފަހު އެ ސެންޓަރު ހިންގުން އޮރެންޖު ހިޔާއަށް ބަދަލު ކުރަން ނިންމައިފިއެވެ.

އެގޮތުން އޮރެންޖު ހިޔާގެ މަސައްކަތް ރައީސް ޑރ. މުޙަންމަދު މުއިއްޒުވެސް މިއަދު ވަނީ އެތަނަށް ވަޑައިގެން ބައްލަވާލައްވާފައެވެ. ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިމާރާތުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

ރައީސް މިއަދު އޮރެންޖު ހިޔާއަށް ވަޑައިގެން އެތަން ބައްލަވާލައްވަނީ

މި ޒިޔާރަތުގައި، ރައީސް އިރުޝާދު ދެއްވާފައިވަނީ އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށެވެ. މީގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *