ހުޅުމާލޭގެ ބަދަލުގައި"ހމ" އައިޑީ ކާޑުގައި ޖަހަން ފަށަނީ

ހުޅުމާލޭގެ ބަދަލުގައި"ހމ" އައިޑީ ކާޑުގައި ޖަހަން ފަށަނީ

އައިޑީ ކާޑުތަކުގައި އެޑްރެސްގެ ގޮތުގައި ހުޅުމާލެ ލިޔުމުގެ ބަދަލުގައި ކުރުކޮށް ހމ. ޖަހަން ފަށަން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ މާލޭގެ އެހެން އަވަށްތަކުގެ ނަން އައިޑީ ކާޑުގައި މިހާތަނަށް ވެސް ޖަހަމުން ގެންދިޔައީ ކުރުކޮށް އެ އަަވަށެއްގެ ނަން ފެށޭ އަކުރު ނުވަތަ ފެށޭ ދެ އަކުރު ޖަހައިގެން ކަމަށެވެ.

އެހެންވެ އައިޑީކާޑުގައި ހުޅުމާލެ ލިޔާއިރު ވެސް އެ އުސޫލުން ކުރުކޮށް އަކުރު ހިމަނައިގެން ޖެހުމަށް އެދި މާލޭ ސިޓީ ކައުންސިލްއިން ސިޓީއަކުން ރަސްމީކޮށް ހުށަހަޅާފައިވާތީ ހުޅުމާލެ ޖެހުމުގެ ބަދަލުގައި "ހމ." އަދި އިނގިރޭސިން "HM" ޖަަހަން ނިންމާފައިވާ ކަމަށް ޑީއެންއާރުއިން ބުންޏެވެ.

މީގެ ކުރިން ހުޅުމާލެ ފިޔަވައި މާލޭގެ ހުރިހާ އަވަށެއްގެ ގޯތި ނުވަތަ ފްލެޓްތަކަށް ހަދައިދެވޭ އައިޑީ ކާޑުތަކުގައި އަވަށުގެ ނަން އެއްކޮށް ލިޔުމުގެ ބަދަލުގައި ލިޔަމުން އަންނަނީ، އެ އަވަށެއް ނިސްބަތްވާ އަކުރު، އެޑްރެހުގެ ކުރިއަށް ހިމަނައިގެންނެވެ.

މިއަދުން ފެށިގެން ހުޅުމާލޭގެ އެޑްރެސްތައް ލިޔުމަށް ގެނައި ބަދަލާ އެކުވެސް، ހުޅުމާލޭގެ ރަށްވެހިންނަށް ކުރިން ހައްދައިދީފައިވާ އައިޑީކާޑުތަކުގެ މުއްދަތު ހަމަވަންދެން ކާޑުތައް ބޭނުން ކުރެވޭނެ ކަމަށް ޑީއެންއާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *