މިމަހުގެ 31 ވާ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ބާއްވަން އެމްޑީޕީ އިން ކުރިން ނިންމާފައި އޮތް ބޮޑު ހިނގާލުން އެދުވަހުގެ ރެއަށް ބަދަލު ކޮށްފިއެވެ.
އެމްޑީޕީން ބުނީ މިހާރު ހިނގާލުމުގެ ގަޑި ބަދަލުވެއްޖެ ކަމަށާއި ހަވީރު ބާއްވަން އޮތް އެއްވުން މިހާރު ބަދަލުވެފައި ވަނީ ހަމަ އެެރޭ 8 ޖަހާއިރު ބާއްވާ ގޮތަށް ކަމަށެވެ. ނަމަވެސް ގަޑި ބަދަލުވި ސަބަބެއް އެ ޕާޓީން ހާމައެއް ނުކުރެއެވެ.
އެމްޑީޕީން ބުނީ 31 ވަނަ ދުވަހުގެ ރޭ ބާއްވާ އެއްވުމަކީ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން ބާއްވާ އެއްވުމެއް ކަމަށެވެ. އަދި ވީހާވެސް ގިނަބަޔަކު އެއްވުމުގައި ބައިވެރިވެދިނުމަށް އެޕާޓީން ވަނީ އެދިފައެވެ.