ރޭ އެމްޑީޕީގެ އޮފީހުގައި އޮތް ޓްރޭނިންގ ކޯސް އިފްތިތާހު ކުރުމުގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

‏އެމްޑީޕީ އެކަޑަމީގެ ފުރަތަމަ ކޯސް ފެށުން- މިއީ ސިޔާސީ މައިދާނަށް ގިނަ ފައިދާތަކެއް ގެނުވާނެ މަރުކަޒެއް: ޝާހިދު

‏އެމްޑީޕީ އެކަޑަމީގެ ފުރަތަމަ ކޯސް ފެށުން- މިއީ ސިޔާސީ މައިދާނަށް ގިނަ ފައިދާތަކެއް ގެނުވާނެ މަރުކަޒެއް: ޝާހިދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އީޖާދީ ވިސްނުން ގެންގުޅޭ ޕާޓީއެއް ކަމުގައި، އެ ޕާޓީގެ އެކަޑަމީގެ ސަބަބުން ސިޔާސީ މައިދާނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރޯޑްމެޕްގެ ދަށުން ގާއިމު ކުރަން ނިންމާފައިވާ ޓްރެއިނިންގ އެކެޑެމީ އިން ފަށާ، ފުރަތަމަ ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ރޭ އެ ޕާޓީގެ އޮފީހުގައި އޮތް ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފްކޮށް، ޕާޓީ ހިންގުމުގައި އީޖާދީ ވިސްނުން ގެންގުޅޭ ޕާޓީއެއް ކަމަށެވެ.

‏"އެމްޑީޕީގެ ޓްރޭނިންގ އެކެޑެމީއަކީ މުސްތަޤްބަލުގައި ރާއްޖޭގެ ސިޔާސީ މައިދާނަށް ގިނަގުނަ ފައިދާތަކެއް ގެނެސްދޭނެ މަރުކަޒެެއް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު، ރޭ އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޓްރޭނިންގ އެކަޑަމީ އިން ފެށި ފުރަތަމަ ޓްރޭނިންގ ޕްރޮގްރާމަކީ ވާހަކަ ދައްކަން ދަސްކޮށްދިނުމުގެ ކޯހެކެވެ. ވާހަކަ ދެއްކުމުގެ ރޮނގުން ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވީ، އެކެޑަމީއިން ފެށި ފުރަތަމަ ތަމްރީން ޕްރޮގްރާމް ކަމަށްވާ ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ކޯސް އިފްތިތާހު ކުރުމުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީގެ ޓްރޭނިންގ އެކަޑަމީއަކީ ސިޔާސީ މަސްރަޙަށް ޒުވާނުން ނެރުމުގައި މުހިންމު މަސައްކަތްތަކެއް ކުރާނެ އެކަޑަމީއެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *