ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ޓޫރިޒަމް ދާއިރާއި ގުޅުވައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފި އެވެ.
ނިހާދު ސަސްޕެންޑުކުރިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކިހާ މުއްދަތަކައް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެއއެވެ
އޭނާ ސަސްޕެންޑް ކޮށްފައިވަނީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރެއްވި ނިހާދު ރޭގެ ޖަލްސާގައި ވަނީ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަ ކުރަން ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި، އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
ނިހާދުގެ އެ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. މި ވާހަކަތައް ކުށްވެރިކޮށް އަދި އެ މައްސަލަ ބަލައިދިނުން އެދި އެމްޑީޕީންވެސް މިއަދު ވަނީ ގޮވާލާފައެވެ.