ހައުސިން މިނިސްޓްރީ ހިންގާ އިމާރާތް އަނދައި ހުލިވި އަލިފާނުގެ ހާދިސާ އަކީ ހިނިނެއް ހިނގި ހާދިސާއެއްކަން ދަންނަވަން އަދި ދަތި ދަތި ކަމަށާއި، އެހާދިސާ ތަހުގީގު ކުރަނީ ރާއްޖޭން ބޭރުގެ ޓީމަކާ ގުޅިގެން ކަަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
އެ ހާދިސާއާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ސީޕީ މިއަދު ވިދާޅުވީ، އެކަމުގެ ފުރިހަމަ ތަހުގީގެެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"މިކަމުގައި ރާއްޖެން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން، އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި އެޓީމުން އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތަައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާުރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަކުރަން،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، އެކަން ކުރުުގެ ބޭނުމަކީި، މިހާދިސައަކީ ބޮޑު އަލިފާނުގެ ހާދިސާ އަކަށްވެފައި، އެކަން ހިނގިގޮތް ރައްޔިތުންނަށްވެސް އެނގެން ބޭނުންވުމާއި، ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މުހިއްމު މައުލޫމާތު ތަކަކަށްވުން ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން ނިވި ފުލުހުންނަށް މިހާރު ސައިޓް ލިބިފައިވާތީ ފުލުހުންގެ ފޮރެންސިކް ޓީމުން ސައިޓްގައި ހަރަކާތްތެރި ވަމުންދާ ކަމަށާއި، އެތަނުން ނަގަންޖެހޭ ސާމްޕަލްތައް ނެގުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖު ނަގައި އެނަލިސިސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
"އެންމެ ފުރަތަަމަ މަންޒަރުދުށް މީހުންގެ ބަޔާންތައް ނެގުމުގެމަސައްކަތްވެސް އެބަކުރެވޭ އެވަގުތު އެތާތިބި ބައެއް ފަރާތްތަކަކީ އެހާދިސާގެ މައުލޫމާތު އެންމެ ފުރަތަަމަ ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތައް ހޯދައި ސުވާލު ކުރުުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ، އެކަމާބެހޭ އެއްވެސް މައުުލޫމާތެއްް ހިއްސާ ކުރަން ބޭނުންނަމަ، އެކަމަށް ފަސޭހަ ގޮތެއް ހަަމަޖައްސައި އިއުލާން ކުރާނަން،" ސީޕީ ވިދާޅުވިއެވެ.