ސަރުކާރުން ކުރިޔަށްގެންދާ "ހިޔާވަހި" ސްކީމުގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް ދޫކުރަން ނިންމާފައިވާ 3 މިލިއަން ރުފިޔާގެ ދޫކުރާ ލޯނު ދޭ ރަށްތައް ސަރުކާރުން އިއުލާނުކޮށް ގެޒެޓް ކޮށްފިއެވެ.
ސަރުކާރުން ދޫކުރާ މި ލޯނު ސްކީމް ބަހާލާފައި ވަނީ ތިން ކެޓަގަރީ އަކަށެވެ. އެގޮތުން އެންމެ ބޮޑުކޮށް ލޯނުގެ އަދަދު ހަމަޖައްސާފައި ވަނީ ވެރިރަށް މާލެ ސިޓީއަށެވެ. މާލެ ސިޓީގައި ގެދޮރު އިމާރާތް ކުރަން 6 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެއިތުރަށް 3 މިލިއަން ރުފިޔާގެ ލޯނު ލިބޭ ލިސްޓުގައިވާ ރަށްތައް ފިޔަވައި، ބާކީހުރި އެހެން ރަށްތަކުގައި ގެދޮރު އިމާރާތް ކުރަން ދޫކުރާނީ 1 މިލިއަން ރުފިޔާއެވެ.
3 މިލިއަން ރުފިޔާގެ ލޯނު ދޫކުރާ 29 ރަށް:
1- ހއ. ހޯރަފުށި
2- ހއ. ދިއްދޫ
3- ހދ. ކުޅުދުއްފުށި ސިޓީ
4- ހދ. ހަނިމާދޫ
5- ހދ. ނޮޅިވަރަންފަރު
6- ހދ. ނޮޅިވަރަމް
7- ށ. ފުނަދޫ
8- ނ. މާފަރު
9- ނ. މަނަދޫ
10- ރ. އުނގޫފާރު
11- ރ. އަލިފުށި
12- ރ. ދުވާފަރު
13- ބ. ތުޅާދޫ
14- ބ. އޭދަފުށި
15- ޅ. ނައިފަރު
16- ޅ. ހިންނަވަރު
17- އދ. މަހިބަދޫ
18- އދ. މާމިގިލި
19- ފ. ނިލަންދޫ
20- ދ. ކުޑަހުވަދޫ
21- ލ. ގަން
22- ލ. ފޮނަދޫ
23- ގއ. ވިލިނގިލި
24- ގދ. ތިނަދޫ ސިޓީ
25- ފުވައްމުލައް ސިޓީ
26- އައްޑޫ ސިޓީ، ފޭދޫ
27- އައްޑޫ ސިޓީ، ހިތަދޫ
28- އައްޑޫ ސިޓީ، މަރަދޫ
29- އައްޑޫ ސިޓީ، މަރަދޫފޭދޫ
މި ލޯނަކީ ގެދޮރު އިމާރާތް ކުރުމަށް 5 ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓު ރޭޓުގައި ދޫކުރާ ލޯނެކެވެ. މި ސްކީމުގެ ލޯނަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ހައުސިން މިނިސްޓްރީން ބުނީ، މި ލޯނު ސްކީމުތަކުގެ ދަށުން ފުރަތަމަ އެޕްލިކޭޝަން ހުޅުވާލުމަށް ރޭވިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މިހާރު އިއުލާނު ކޮށްފައިވާ ފުރަތަމަ ބުރުގެ މުއްދަތު ހަމަވާނީ އެޕްރީލް 8، 2025 ގެ ރޭ 11:59 އަކާހަމައަށެވެ.
23 Responses
ލ. ގަން ހިމެނިފަ އޮތެއް ކަމަކު ތިޔަ ލޯން ހަމަޖެހޭނީ ފޮނަދޫ ރައްޔަތުންނަށް އަބްދުއްރަހީމް ބޭނުންވާބަޔަކަށް
ޥަރަށް ހުދުމުޚުތާރު ނިންޔުމެއް
މާލެކައިރި ރައްތަކުން ފައިދާ ހޯދައިގެން މި ކޮންމެ ސަރުކާރަކުންވެސް މިއުޅެނީ ކޮބާ އެމީހުންގެ ހައްްގު ކީއްވެތަ އެރައްތައް ލިސްޓުގެ އެންމެ ފަހަތައް އަންނަން ޖެހެނީ
މުއްސަދިންނަދޯދެނީ
މީގަ ހިމެނިފަހުރި ރަށްރަށުމީހުން އެކަނިތޯދެން ވޯޓުލާނީީވެސް
ވޯޓު ހޯދަންވެސް މިހެން ރަށްރަށް ކަނޑައަޅަންވީ. އެހެން ރަށްރަށު މީހުންނަށް ފަސޭހަވާނެތާ.
ކޮބާހުވަދު އަތޮޅު ގަ 2ރައްދޯ ތެދެރަށުން އެކަނިވޯޓުލާނީދޯ ހަނދާން އެބަހުއްޓެވެ ނައަން ނައްޗޭ ވޯޓުހޯދަން
ޥަރަށް ހުދުމުހުތާރު ނިންމުން ނިންމާ ސަރުކާރެއް…
Dhn thibi rahsrashu ulheynee bidheyseen tah nuny chaina meehun tah
ވަކި ރަށްރަށަށްތަ ލޯނު ދޫކުރަން ޖެހެނީ
މާނަޔަކީ ތިޔަ29 ރަށުގަ އަޅާގެދޮރު އެޅެނީ 3މިލިއަންރުފިޔާއިންނޭ އެނޫންކޮންމެރަށެއްވެސް މުޅިންއަލައްފައްޓައިގެންވެސް އެންމެ 1މިލިައަނައް މިޒަމާނުގެ އެންމެފެންވަރު ރަނގަޅު ގެއެއްވެސް އެޅޭނެއޭދެއްތޯ އެހެންނޫނީ އަނެއްކާ ތި29ރަށުން ވޯޓުލީ ކޮންމެމީހަކު3ވޯޓު ލީތޯ މިވާގޮތެއް އަދި މިވީގޮތެއް އެއްގޮތަކައްވެސް ސާފެއްނުވޭ
ދެން އަންނަ ލިސްޓުގަ ހިމެނޭނެ އެހެން 29 ރަށެއް؛؛ އަދި 4 އަހަރު ބާކީ އެބަ އޮތް..ހަމޖެހިެން ތިބެބަލަ..މީފަހުވަގުތު ފެށިކަމެއްނޫނެއްނު..
ގދ.ގައްދޫ އަކީ ނެތް ރަށެއްތަ؟
ވަރަށް ބޭއިންސާފު. ކ އަތޮޅުގެ އެންމެ ރަށެއްވެސް ންތް. ކ އަތޮޅު ހުރިހާ ރިސޯޓްތަކުންނާއި ގެސްޓްހައުސްތަކުން ފައިދާ ހޯދާފަ، ކޮންމެ ފަހަރަކު ބާކީވަނީ ކ އަތޮޅު.
ރަގަޅު ވާހަކަ އެއް…މޯޑް
ތި ރައްރަށުގެ ވޯޓުން ކުރިމަގު އުޖާލާވެދާނެތާ މަވާސަލާމް
ހުވަދު އަތޮޅު ދެކުނުބުރި ފަރެބިތެ މީހެކޭ ވޯޓް ބޭނުން ނޫން ގައު
ވީމައި ލިސްޓްގައި މަޑެވެއްލެން ފައްޓައިގެން ގައްދޫ އާއި ހަމާޓެ ނެޢްތޫ
ތ. އަތޮޅަކީ ނެތް އަތޮޅެއްތޯ؟
ރަގަޅު ވާހަކަ އެއް…މޯޑް
Thi nulibeyne ehves bayakah thi dhahkaa huvafeneh
ދައުލަތައް ބޮޑު ޓެކްސްއެއް ދައްކާ އެއްއަތޮޅު ވ އަތޮޅަކީ. ކޮބާ އަރެމެނައް އޮތް އެއްޗަކީ؟؟؟
ކޮންމެ 5 އަހަރަކުން އެއްފަހަރު ވޯޓުލާންދޭ ކަރުދާސްކޮޅު ފިޔަވާ. މީތޯ ވ އަތޮޅު ރައްޔިތުންގެ ހައްގު މިންވަރަކީ؟؟؟؟
ދެންތިބި މީހުން ކައިރިއަށް ވޯޓް ހޯދަން ނާންނާތި
މީމު އަތޮޅު ކޮބާ؟ ޥަރަށް ކަޑަ