އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ބޮޑު ކުރަން ބޭނުންވާ ފައިސާ ލިބިއްޖެ: މިނިސްޓަރު

އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ބޮޑު ކުރަން ބޭނުންވާ ފައިސާ ލިބިއްޖެ: މިނިސްޓަރު

އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑު ކުރަން ބޭނުންވާ ފައިސާ ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އައްޑޫ މެމްބަރެއް ކަމަށްވާ އަހްމަދު ދީދީ މިނިސްޓަރާ ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. އޭނާ ސުވާލު ކުރެއްވީ، އައްޑޫ ސިޓީގެ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑު ކުރުމަކީ މިސަރުކާރުގެ ވައުދަކަށް ވާއިރު، އެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރެއްވުމަށެވެ.

ޖަބާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސީޓީ ނެތުން ކަމަށެވެ.

"އެންމެ ފުރަތަމަ ފެލިވަރު އޮޕަރޭޝަނަށް އައިފަހުން 47 އަހރު ވެގެން ދިޔައިރު އޭރު ފެސިޓީ ފެށުނުގޮތާ މިއަދަކާ މާބޮޑު ތަފާތެއްނެތް، މަސްވެރިކަމުގުެ ސިނާއަތް ކުރިއަރުވަބް މާބޮޑު ކަމެއް ކުރެވިފައެއްނެތް،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިފްކޯ ވުޖޫދުވި ފަހުން 28 އަހަރު ވީއިރު މަސްވެރިކަން އިތުރަށް ތަރައްގީ ކުރެވިފައި ނެތުންވެސް އެއީ ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް ފަންޑިންގ އެޖެންސީ ތަކާއެކު ދެއްކި ވާހަކަ ތަކަށްފަހު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް(އައިއެސްޑީބީ)ގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަންހުރި މަސައްކަތް ތަކުގެ ތެރެއިން އެފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން އަންނަ އަހަރުގެ ކުރީކޮޅު އެތަނުގެ މަސައްކަތް ފަށައި، އެ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން މިހާރު އެތަނުގައި މަސްރައްކާ ކުރުމުގެ ކެޕޭސިޓީ 1500 ޓަނުން 2500 ޓަނަށް އިތުރު ވެގެންދާނެ ކަމަށެވެ. އަދި ބްރައިން ފްރީޒިން ކެޕޭސިޓީ 50 ޓަނުން 100 ޓަނަށް އިތުރު ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނގެ މަސް ގަނެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *