ޓެކްސް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރަން 13 ނަމެއް މަޖިލީހަށް ފޮނުވައިފި

ޓެކްސް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރަން 13 ނަމެއް މަޖިލީހަށް ފޮނުވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 4 މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

5 މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށްބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ މެންބަރުން ވަކިކުރުމާ ގުޅިގެންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މެންބަރުންގެ ނަންތައް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:

ހަަސަން ޒުހެއިރު މުހައްމަދު ގ. މާވާރުލު

އާއިޝަތު އާދަމް ރިވެލި ރ. އަލިފުށި

އިބްރާހިމް ޝަރީފް ގ. އަލިޝާ

ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ ގއ. ނިލަންދޫ

އަހުމަދު ސައީދު މ. ފަތްކޯނި ހުޅަނުބައި

އަބްދުﷲ އަބްދުލްހަކީމް އަޒާން ޕެލަސް ޅ. ނައިފަރު

މުހައްމައު އަމީން ޒާހިރު ނީލާ ސ. ހިތަދޫ

މުހައްމަދު ފާރިސް ތޯހާ ހ. ސޯސަން

އަބްދުލްގަނީ މުހައްމަދު ހ. ހޮސްސައިޑް

އަހްމަދު އަލީ ހުޅުމާލެ ފްލެޓް

އަލީ ރިޒާ އިސްމާއީލް ހުޅުމާލެ ހިޔާ 2

ފާތުމަތު ޝަފީނާޒް ހުޅުމާލެ ގޯތި 11021

މަޖީދު އަލީ މަތަރެސްމާގެ ގއ. ދާންދޫ

މީގެ ތެރެއިން ޓްރައިބިއުނަލަށް އައްޔަންކުރަން ބޭނުންވާ 4 މެންބަރުންގެ ނަން މަޖިލީހުން ފާސްކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެކަމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ނަން ފުޅުތައް އިތިރަށް ދިރާސާކުރުމަށް މަޖިލިސް ރައީސް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *