ޑްރަގް މައްސަލައެއް: 1.5 މިލިޔަން ސަރުކާރަށް ނަގައި، 4 މިލިޔަނުން ޖޫރިމަނާކޮށް، 25 އަހަރަށް ޖަލަށް

ޑްރަގް މައްސަލައެއް: 1.5 މިލިޔަން ސަރުކާރަށް ނަގައި، 4 މިލިޔަނުން ޖޫރިމަނާކޮށް، 25 އަހަރަށް ޖަލަށް

ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި 4 މީހަކު 25 އަހަރަށް ޖަލަށްލުމާއެކު، 4 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ، ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު އާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ -45، ހަސަން ރަޝީދު އާއި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފް އާއި މއ. ހަސްލަތު، ޝާނިޔާ އިބްރާހީމް ގެ މައްޗަށެވެ.

ހަސަން ލޫތު އާއި، ހަސަން ރަޝީދު އާއި އިސްމާއީލް ޝަރީފް އާއި ޝާނިޔާ އިބްރާހީމް، ގުޅިގެން މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ތެރެއިން ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުން، އެ 4 މީހުންނާ ގުޅުންހުރި މއ. ހަނީސަކްލް، މ. ބުރެހިމާގެ، ގ. ނީ އަދި މ. ރޭއަލިވާގޭ ގައި ހިންގާ "ރޭއަލި" ގެސްޓްހައުސް 12 ޖަނަވަރީ 2021 ގައި ފުލުހުން ބަލައި ފާސްކުރިއެވެ.

މި މައްސަލައިގައި ފުލުހުން އަތުލި، 1.4 މިލިޔަން ރުފިޔާ އާއި 76،675 ރުފިޔާއަކީ މި މައްސަލައިަގައި ހިމެނޭ ހަސަން ލޫތާއި އިސްމާއީލް ޝަރީފް ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ކަނޑައަޅައި އެފައިސާ ދައުލަތަށް ނެގުމަށްވެސް އަމުރު ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *