އިމާދު ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަަމަށް ކަނޑައަޅައިފި

އިމާދު ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަަމަށް ކަނޑައަޅައިފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ކުރީގެ  ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުން އިމާދުު ސޯލިހު ވަކިކުރި މައްސަލަ ވަޒީފާއާ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މި މައްސަލައަކީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ން ފެށިގެން އެންޑިއޭގެ ސީއީއޯގެ މަގާމުގައި ވަޒިފާ އަދާކުރަމުން ދަނިކޮށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސަރުކާރު ބަދަލުވުމަށްފަހު، އެންޑީއޭގެ ބޯޑު އެކުލަވާލުމަށްފަހު މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަން އެ ފަރާތަށް އަންގާފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އަމަލު ކުރަންޖެހޭ އުސޫލުތަކާ ޚިލާފަށް ކަަމަށްބުނެ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އިމާދު އެދިފައި ވަނީ، އޭންޑީއޭގެ ސީއީއޯގެ މަގާމުން އޭނާ ވަކި ކޮށްފައިވަނީ ދުރާލާ އެއްވެސް ނޯޓިސް އެއް ދިނުމަކާ ނުލައި ކަމަށް ކަނޑައަޅައި ދިނުމަށާއި، ސީއީއޯގެ މަގާމުން އޭނާ ވަކި ކޮށްފައި ވަނީ އެ އެެޖެންސީއާއެކު ސޮއ ިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަަމަށް ކަނޑައަޅައި ދިނުމަށާއި، އެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެއިތުރުން އޭނާއަކީ ޤާނޫނީ ގޮތުން އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުރި ފަރާތް ކަމުގައި ކަނޑައަޅައި ދިނުމަށާއި، ވަޒީފާއަށް ނިކުތުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެންޑިއޭގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް ޓްރައިބިއުނަލްގައި އޭނާ ވަނީ އެދިފައެވެ.

ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ އެއްވެސް ނޯޓިސް ދިނުމަކާ ނުލައި އިމާދު ސޯލިހު ސީއީއޯގެ މަގާމުން ވަކިކުރުމުގެ ފުރިހަމަ އިޚްތިޔާރު އެންޑީއޭގެ ބޯޑަށް ލިބިގެންވާ ކަމަށް ވަޒީފާއާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ނޯޓިސް ދިނުމަކާނުލައި، އޭނާ ވަޒީފާއިން ވަކި ކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަގެ ދަށުން ކަމަށް ބަޔާންކޮށްފައި ނުވާތީ، އާއި ސީއީއޯގެ މަގާމަށް މީހަކު އައްޔަން ކުރުމާއި، ވަކި ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިދީފައިވާ ފަރާތަކީ އެންޑީއޭގެ ބޯޑުކަން، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ހިންގާ ގަވާއިދާއި، ދެ ފަރާތުގެ ދެމެދުގައި ސޮއި ކޮށްއިވާ ވަޒީފާގެ އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެންޑީއޭގެ ސީއީއޯގެ މަގާމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އިސްތިސްނާ ކޮށްފައިވާ މަގާމެއް ކަމަށް ބުރަވޭ ކަމަށާއި، އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި، ނޭޝަލް ޑްރަގް އެޖެންސީގެ ބޯޑުގެ ހިންގާ ގަވާއިދާއި ދެފަރާތުގެ ދެމެދުގައި ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެންޑީއޭގެ ބޯޑަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްފައިވާ ގޮތް ބަލައި، އެންޑީއޭގެ ސީއީއޯގެ މަގާމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމާއި ގުޅޭގޮތުން ގޮތް ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުރަވެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން ޓްރައި ބިއުނަލުން ނިންމާފައިވަނީ، މިއީ އެ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް ލިބިގެންނުވާ މައްސަލައެެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *