ނަބީހު އަލިފުއްޓަށް ގެނެސް ލޯންޗުން ބާލަނީ

މަސްހިފަން ފީނަން ފޭބި މީހަކު މަރުވެއްޖެ

މަސްހިފަން ފީނަން ފޭބި މީހަކު މަރުވެއްޖެ

ރ. އަލިފުށި ކައިރިއަށް ފީނަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ. ނަމަވެސް އޭނާ ވަނީ ކަނޑު އަޑިން ނެގިތާ ގިނައިރު ތަކެއްނުވެ މަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު މީހާ ފެނުނީ ކަނޑުގެ އަޑިންނެވެ. އޭނާ މަރުވެފައި ވަނީ ރަށަށް ގެންދިޔަ ފަހުންކަމަށް ވެއެވެ. މަރުވީ އަލިފުށީ، ކަޝްމީރުގެ، ނަބީހު ހަސަން (24އ) އެވެ. އޭނާއާއެކު އިތުރު ތިން މީހަކުވެސް ފީނަން ފޭބިއެވެ.

އެމީހުން މަސް ބާނަން ފީނަން ދިޔައީ އިއްޔެ ހެނދުނު 10 ޖަހާކަންހާއިރުއެވެ. ނަބީހު އަޑިއަށް ދިޔަގޮތަށް މައްޗަށް ނާރައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ 12 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *