ސިޔާސީ މަގާމު ތަކުގައި ތިބި 228 މީހަކު ވަކިކުރަން ރައީސް އަންގަވައިފި

ސިޔާސީ މަގާމު ތަކުގައި ތިބި 228 މީހަކު ވަކިކުރަން ރައީސް އަންގަވައިފި

ސިޔާސީ މަގާމު ތަކުގައި ތިބި 228 މީހަކު ވަކިކުރަން ރައީސް ޑރ. މުއިއްޒު އަންގަވައިފިއެވެ.

ވަކިކުރަން އެންގެވި ސިޔާސީ މުވައްޒަފުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި އެނޫންވެސް ބަޔެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ.

ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިގުތިސާދު ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެކި މިނިސްޓްރީ ތަކުން 228 މުވައްޒަފުން ވަކިކުރަން އަންގާފައިވާނެ ކަމަށެވެ.

އޭގެތެރޭގައި ހިމެނޭނީ 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި 228 ސިޔާސީ މުވައްޒަފުން ވަކިކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *