ސައޫދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ސަރީރު ހަމަޖައްސަނީ

ސައޫދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ސަރީރު ހަމަޖައްސަނީ

ސައޫދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މ. ވެސްޓް ސައިޑް އަހުމަދު ސަރީރު އައްޔަން ކުރެއްވުމަށް އޭނާގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.

ދިވެހި ހާރިޖިއްޔާގެ އެމްބެސެޑާރ އެޓް ލާޖުގެ މަގާމުގައި މިވަގުތު ހުންނެވި އަހުމަދު ސަރީރު، އެންމެ ފަހުން ހުންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓާ އޮފް އޭޝިއަން އެފެއާސްގެ މަގާމުގައެވެ.

ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. އޭގެތެރޭގައި ފޮރިން ސެކްރެޓަރީގެ މަގާމާއި، އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.

މީގެއިތުރުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަގާމާއި، އެމެރިކާ، ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގެ އިތުރުންވެސް ހާރިޖިއްޔާގެ އެހެނިހެން އިސް ގިނަ މަގާމުތަކެއް ފުރުއްވާފައިވެއެވެ.

ސަރީރު ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *