އާޒިމް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ކޮށްދޭކަމަށް، ބުނިކަމެއް ކޮށްދޭކަމަށް

އާޒިމް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ކޮށްދޭކަމަށް، ބުނިކަމެއް ކޮށްދޭކަމަށް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭކަމަށާއި، އާޒިމް ވިދާޅުވި ކޮންމެ ކަމެއްވެސް ސަރުކާރުން ކޮށްދޭ ކަމުގައި އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސްގައި އާޒިމް ވިދާޅުވީ އޭނާ ވިދާޅުވެގެން މިހާރުވެސް މާލެ ސިޓީ ކައުންސިލަށް 15 ކޮންސަލްޓަންޓުން ނަގާފައިވާ ކަމަށާއި އޭގެތެރެއިން އެކަކު ނޫނީ ދެން މުޅިންވެސް އެ ވަޒީފާތަކުގައި ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އޭނާ ވިދާޅުވާ ކޮންމެ ކަމެއް ކޮށްދޭކަމަށާއި އެކަމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

އާޒިމްއަކީ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފައިވާ ބޭފުޅެކެވެ. ކައުންސިލްގެ މެޖޯރިޓީވެސް އޮންނަނީ ސަރުކާރަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *