ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލާން ނިންމި ޓީޗަރު، ހައިކޯޓުން ހުކުމް ބާތިލު ކުރުމުން މިނިވަންވެއްޖެ

ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލާން ނިންމި ޓީޗަރު، ހައިކޯޓުން ހުކުމް ބާތިލު ކުރުމުން މިނިވަންވެއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި މީހަކު 17 އަހަރަށް ޖަލަށްލާން ކުރި ހުކުމް ކައިކޯޓުން ބާތިލް ކޮށްފިއެވެ.

މި ދައުވާގައި ވާގޮތުން، އެކުއްޖާ ކިޔަވަންދިޔަ ޤުރުއާން ކުލާހުގައި ޤުރުއާން ކިޔަވައިދިން މީހާ އެކުއްޖާއަށް ޖިންސީ ގޯނާކުރާ ވާހަކަ އެ ކުއްޖާއަށް އިސްލާމް ކިޔަވައިދިން ޓީޗަރަށް ކިޔައިދިނުމުން އެ ޓީޗަރުވެސް އެކުއްޖާއަށް ޖިންސީގޯނާ ކުރިއެވެ.

މި މައްސަލައިގައި އިސްލާމް ޓީޗަރަކު އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ އެ މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރުއެވެ.

އެ ކުއްޖާ ބުނެފައިވާ ގޮތުގައި ފުރަތަމަ ގުރުއާން ކިޔަވައިދިން މީހާ  ޖިންސީ ގޯނާކުރީ އެ ކުއްޖާގެ އުމުރުން 11 އަހަރުގައި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދުއެވެ. އެއީ އެކުއްޖާ ބަރަހަނާކޮށް ފޮޓޯނަގައި އެ ފޮޓީ ލީކު ކޮށްލާނެ ކަމުގެ ބިރު ދައްކައިގެންނެވެ. އިސްލާމް ޓީޗަރު  2019 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އެ ކުއްޖާއަށް ޖިންސީ ގޯނާކުރީ، ގުރުއާން ކިޔަވައިދޭ މީހާ އެ ކުއްޖާއަށް ޖިންސީ ކުރި ވާހަކަ އިސްލާމް ޓީޗަރަށް ކިޔައި ދިނުމުން އެވާހަކަ ރަށު މީހުންގެ ކައިރީގައި ކިޔައިދޭނެ ކަަމަށް ބުނެ ބިރު ދައްކައި ބްލެކްމެއިލް ކޮށްގެން ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

އެ މައްސަލާގައި އިސްލާމް ޓީޗަރާއި ގުރުއާން ކިޔަވައިދިން މީހާގެ މައްޗަށް ދައުވާ ކުރުމުން 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމީ އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ގުރުއާން ކިޔަވައިދިން މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.

 

ހައިކޯޓުގައި ބެލި މައްސަލައަކީ، ގުރުއާން ކިޔަވައިދިން މީހާގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރީ ގޯސް ހުކުމެއް ކަމަށްބުނެ އެމީހާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ކުއްޖާގެ ފަރާތުން އެ ވާހަކަ އެންމެ ފުރަތަމަ މީހަކަށް ކިޔައިދިނީ ހާދިސާ ހިނގިތާ ހައެއްކަ އަހަރު ފަހުން ކަމަށާއި އަދި ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އެ ކުއްޖާގެ ބަޔާން ދެ ފަހަރަށް ނެގިއިރު ފާހަގަ ކުރެވޭ ތަފާތު ތަކެއް ދެ ބަޔާނުން ފެންނަން ހުރި ކަމަށެވެ. އަދި އެ ހާލަތުގައި އެ ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާކޮށް އެ ކުއްޖާގެ އާއިލާގެ މީހުންގެ ހެކިބަހަށް ބުރަދަން ދިނުން ރަނގަޅު ނޫން ކަމަށް ވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރި މައްސަލައެއް އެއްފަހަރާ ދަށު ކޯޓުން ހިންގިއިރު، ހެކިން ދީފައިވާ ހެކިބަހަށް ބަލާއިރު އޭގެ ތެރެއިން އެކަކު ސަލާމަތްކޮށް އަދި ދެވަނަ މީހާގެ މައްޗަށް ކުށް ސާބިތުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ހުކުމުގައިވެއެވެ. އަދި ކުއްޖާއާ ބެހޭގޮތުން ހެދި މެޑިކޯ ލީގަލް ރިޕޯޓްތަކުގައި ވެސް، ޓީޗަރާ ދެކޮޅަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށް ދަށު ކޯޓުން ނިންމިއިރު އޭގެ މާކުރިން ގުރުއާން ކިޔަވައިދިން މީހާ ޖިންސީ ގީނާކުރި ކަމަށް ބުނި މީހާއާ ދެކޮޅަށް ހެއްކެއް ލިބުނު ގޮތެއް ސާފުނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެކަންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ނިންމެވީ ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *