ގަވާއިދާ ޚިލާފަށް ގެންނަ ދިރޭތަކެތި ނައްތާލުމުގެ ހުރިހާ ޚަރަދެއް އެތެރެކުރި ފަރާތުން ދޭންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ގަވާއިދާ ޚިލާފަށް ގެންނަ ދިރޭތަކެތި ނައްތާލުމުގެ ހުރިހާ ޚަރަދެއް އެތެރެކުރި ފަރާތުން ދޭންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ގަވާއިދާ ޚިލާފަށް ރާއްޖެއަށް ގެންނަ ޖަނަވާރާއި ދިރޭ ތަކެތި ނައްތާލުމަށް ނުވަތަ އެހެން ތަނަކަށް އަނބުރާ ފޮނުވާލުމަށް ހިނގާ ޚަރަދާއި އިންތިޒާމުތައް، އެ އެއްޗެއް އެތެރެކުރި ފަރާތްތަކުން ދޭން ޖެހޭ ގޮތަށް ގަވާއިދު ހަދައި އަމަލު ކުރަން ފަށައިފިއެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ވަނީ "ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފަށް ވިޔަފާރި ކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު" އިސްލާހުތަކެއް ގެނެސް އިއްޔެ ގެޒެޓުކޮށް އަމަލު ކުރަން ފަށައިފައެވެ.

އެ ގަވާއިދުގައި ކުރިން ބަޔާން ކޮށްފައިވަނީ ވެރިފަރާތުން ޒިންމާވާން ޖެހެނީ އެހެން ގައުމަކަށް ފޮނުވާލުމުގެ ހަރަދަށް އެކަންޏެވެ.

ނަމަވެސް އެ މާއްދާއަށް ގެނައި އިސްލާހުގައި ވަނީ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާ މެދު އަމަލު ކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ނިންމުމަކީ، އެ ދިރޭ އެއްޗެއް ގެނައި ގައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެކަށީގެންވާ ފެސިލިޓީއަކަށް ފޮނުވައިލުން ކަމަށް ވާނަމަ ގަވާއިދާ ހިލާފަށް ދިރޭތަކެތި އެތެރެކުރާ ފަރާތުން އެ އިންތިޒާމުތައް (ބޭނުންވާ ލިޔެކިޔުމާއި، ހަރަދާއި، އެހެނިހެން ހަރަދު) އެ ދިރޭ އެއްޗެއް ނެގިތާ ހަތް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އެ ގަވާއިދަށް ދެން ގެނައި އިސްލާހުގައި ވަނީ  ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާމެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކީ، އެ ދިރޭ އެއްޗެއް އިންސާނިއްޔަތުކަމާއެކު މަރައިލުން ކަމަށްވާނަމަ ނުވަތަ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކ،ީ އެ ތަކެތި ނައްތައިލުން ކަމަށްވާ ނަމަ، އެ ހަރަދުތަކަށް ޒިންމާވާނީ އެ ތަކެތި އެތެރެކުރި ފަރާތުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *