ރައީސަށް އިންޑިޔާއިން ރަސްމީކޮށް މަރުހަބާ ކިޔައިފި

ރައީސަށް އިންޑިޔާއިން ރަސްމީކޮށް މަރުހަބާ ކިޔައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސްގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ.

ރައީސް އިންޑިޔާއަށް ވަޑައިގެންނެވީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ. ރައީސް އިންޑިޔާއަށް ފުރާވަޑައިގެންނެވީ އިއްޔެ އެވެ.

އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރައީސްއަށް ރަސްމީކޮށް މަރުހަބާ ކިޔައިފައެވެ. ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

މި ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ޤައުމީ ސަލާމްކުޅެފައެވެ. އަދި ރައީސްގެ ޝަރަފުގައި ހާއްސަ ގާޑް އޮފް އޮނާއެއް ވަނީ އަރުވާފައެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރޭގައި އިންޑިޔާގެ އަސްކަރިއްޔާގެ ޚާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *