ފޮންޒީ ސްކީމުގެ މައްސަލަ: އަލްހާނާއި ދެ ކޮއްކޮއަށް ކުރާ ދައުވާ ކުރިއަށް ގެންދަން ނިންމައިފި

ފޮންޒީ ސްކީމުގެ މައްސަލަ: އަލްހާނާއި ދެ ކޮއްކޮއަށް ކުރާ ދައުވާ ކުރިއަށް ގެންދަން ނިންމައިފި

ޕޮންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ދައުވާ، ރިވިއު ކުރަން ޕީޖީ އޮފީހަށް ހުށަހެޅި ނަަމަވެސް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ކުރިިނަލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައިގައި އަލްހާނުގެ އިތުރުން އޭނާގެ ދެ ކޮއްކޮ ކަމަށްވާ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ، ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އުފުލައިފައެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް އިން 2021 ވަނަ އަހަރާއި، 2022 ވަނަ އަހަރު، އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖް ތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދު ތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ، ފައިސާ ޓަކައިގެންފައިވާ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ.

މިއަދުގެ އަޑުއެހުުގައި ދިފާވަކީލު ވިދާޅުވީ، ޖިނާއީ ދައުވާތައް ރިވިއު ކުރަން ހުށަހެޅުމުގެ ފުރުސަތު ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހުޅުވާލާފައިވާތީ އެ މައްސަލަ ރިވިއު ކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ވަކީލް އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވިދާޅުވީ، މައްސަލަ ރިވިއު ކުރަން އެދިފައިވީ ނަމަވެސް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ ދައުވާ އަނބުރާ ނުގެންދަހާ ހިނދަކު ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ އަޑުއެހުުގައި އޮތީ، ދައުވާކުރާ ފަރާތްތަކަށް ދައުވާ އިއްވުމެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމަށް އަލްހާން ހާޒިރެއް ނުވެއެވެ. ހާޒިރުވީ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީ ކަމަށެވެ. ގާޒީ ވިދާޅުވީ، ސިއްހީ ސަބަބަކާ ހެދި، ހާޒިރު ނުވެވޭނެ ކަން އަލްހާން ކޯޓަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ދައުވާލިބޭ ތިން މީހުންގެ އެއް ހާޒިރެއްގައި ދައުވާ އިއްވުމުގެ ބައި ކުރިއަށް ގެންދިއުމަށް ދިފާއުން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ދެވަނަ ވަކީލެއްގެ ގޮތުގައި ދިފާއުން އައްޔަން ކޮށްފައިވާ، ކުރީގެ ބަންޑާރަނާއިބު އާޒިމާ ޝުކޫރަށް މިއަދުގެ އަޑުއެހުމުގައި ބައިވެރިވެ ވަޑައެއްނުގެންނެވުމެވެ. އެއީ ހެނދުނު 09:53 ގައި ފޯމު ހުށަހަޅުއްވާފައި ވީނަމަވެސް، ފޯމުގައި ސޮއި ކުރައްވާފައި ނުވާތީއެވެ.

ދައުވާލިބޭ ފަރާތްތ ަކުން ބުނީ އެމީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ އަޑުއެހުމަށް ހާޒިރުވި ވަކީލުގެ އިތުރުން، ވަކީލު އާޒިމާ ޝަކޫރާވެސް އެކުގައި ކަމަށެވެ. އެހެންކަމުން މިއަދު އަޑުއެހުން ގާޒީ ނިންމަވާލެއްވީ ދިފާއުން އެދުނު ގޮތަށް ވަކީލުންނާއެކު ޝަރީއަތް ކުރިއަށް ދިއުމަށް ފުރުސަތު ދެއްވުމަށެވެ.

ގާޒީ ވިދާޅުވީ މި މައްސަލަ އެހެން ދުވަހަކަށް ތާވަލް ކުރައްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *