ސިޔާސީ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށް އެމްޑީޕީން އެކަޑަމީއެއް ހަދަނީ

ސިޔާސީ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށް އެމްޑީޕީން އެކަޑަމީއެއް ހަދަނީ

ސިޔާސީ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށް އެކަޑަމީއެއް ގާއިމު ކުރުމަށް، އެމްޑީޕީއިން ނިންމަައި، އެކަން އެ ޕާޓީގެ ގައުމީ މަޖިލީހަށް ރޭ ހުށަހަޅައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީއިން ކުރަން ނިންމާފައިވާ ތިން ކަމެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ ސިޔާސީ ދާއިރާއިން ކިޔަވައިދިނުމަށް އެކަޑަމީއެއް ހުޅުވުމެވެ.

ފައްޔާޒު ވިދާޅުވީ އެކަޑަމީއެއް ހުޅުވުމުގެ ބޭނުމަކީ ސިޔާސީ މައިދާނަށް ނުކުންނަން ތިބި މީހުންނާއި މިހާރު އެ ދާއިރާގައި އުޅޭ މީހުންނަކީ، ގާބިލް، ސިޔާސީ ކަންކަމަށް ރަނގަޅަށް ރޯފިލާފައި ތިބި ބަޔަކަށް ހެދުން ކަމަށެވެ.

އެ އެކަޑަމީ ހިންގާނީ ކަމާބެހޭ އިދާރާތަކުން ހުއްދަ ނަގައިގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެކަޑަމީއެއް ގާއިމުކުރުމަށް ސަރުކާރުން އެއްބާރުލުންނުދީފިނަމަ ޕާޓީގެ މީހެއްެ ނަމުގައި ރަޖިސްޓްރީކޮށްގެން، އެފަދަ ތަނެއް ހިންގުމާ މެދު މެމްބަރުން ދެކޭ ގޮތް ހާމަކުރުމަށެވެ.

އަދި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ނަމުގައި އެފަދަ އެކަޑަމީއެއް ގާއިމުކުރުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަން ސާފުވެފައި އަދި ނުވާ ކަމަށެވެ.

އެކަޑަމީއެއް ހުޅުވުމާމެދު ފައްޔާޒު ހުށަހެޅުއްވި ޚިޔާލަށް، ޖަލްސާގައި ވާހަަކަ ދެއްކެވި މެމްބަރުން ވަރަށް ބޮޑަށް ތާއީދު ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *