ފިނޭންސް މިނިސްޓަރަށް ޒަމީރު، ފޮރިން މިނިސްޓަރަކަށް ޚަލީލް، ހެލްތް މިނިސްޓަރުކަން ނާޒިމަށް

ފިނޭންސް މިނިސްޓަރަށް ޒަމީރު، ފޮރިން މިނިސްޓަރަކަށް ޚަލީލް، ހެލްތް މިނިސްޓަރުކަން ނާޒިމަށް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރަކަށް އަދި ފޮރިން މިނިސްޓަރަކަށް، ހެލްތު މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަބްދުﷲ ހަލީލް ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލާ އެކު، ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ނިންމެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ. ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފައެވެ.

އެނގިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓަރު ޝަފީގު މިހާރު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *