ރައީސް އަވަހާރަ ކޮށްލާނެ ކަމަށް އިންޒާރުދިން މީހެއްގެ މައްސަލަ ތަހުގީގު ކުރަނީ

ރައީސް އަވަހާރަ ކޮށްލާނެ ކަމަށް އިންޒާރުދިން މީހެއްގެ މައްސަލަ ތަހުގީގު ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ރައީސް އަވަހާރަ ކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އިންޒާރުދީފައި ވަނީ، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ދެއްކެވި ވާހަކަފުޅެއްގެ ފޭސްބުކް ލައިވްއެއްގެ ތެރެއިން ކުރި ކޮމެންޓެއްގައެވެ. އެ ކޮމެންޓު ކޮށްފައިވަނީ "އަބްލޯ މިޔާދް ޔޫސުފް"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސަށް ސީރިއަސް އިންޒާރު ތަކެއް ދީފައިވާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ސޯޝަލް މީޑިޔާގައި މީހުންނަށް މަރުގެ އިންޒާރު ދިނުން ފަދަ ސީރިއަސް މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ނަމަވެސް އެ މައްސަލަ ތަކުގައި ފުލުހުން އެންމެ އެދެވޭ ފިޔަވަޅުތައް ނާޅާ ކަމަށްބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *