މާފުށީ ޖަލުގައި ދަންޖެހިގެން މީހަކު މަރުވެއްޖެ

މާފުށީ ޖަލުގައި ދަންޖެހިގެން މީހަކު މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

މަރުވެފައި  ވަނީ ގ. އެއްތެޔޮމާގޭ އަބްދުލްޣަނީ އިސްމާއީލް (62އ.) އެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މިއަދު ހެނދުނު 6:52 ގައި އަބްދުލްޣަނީ އިސްމާއީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ މަރުވުމާއި ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގައި އެކަން ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ކަރެންޝަންސް އިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *