??????

މަޖިލީހުގެ ތިންވަނަ ދައުރު އަންނަ މަހު 7 ގައި ފަށާގޮތަށް ނިންމައިފި

މަޖިލީހުގެ ތިންވަނަ ދައުރު އަންނަ މަހު 7 ގައި ފަށާގޮތަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރުގެ މަސައްކަތަށް ފަހު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ.

ނަމަވެސް ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާއާއެކު މިއަދު މަޖިލިސް ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ދައުރުން މަޖިލީހުގެ ޖަލްސާ ތަކެއް ބާއްވައިދިނުމަށް އެދި 50 މެންބަރު ސޮއިކޮށް ހުށަހެޅި މަސައްކަތް ތަކުގެ ތެރެއިން ހުރިހާ މަސައްކަތެއް މިއަދަށް ނިންމާލެވިފައިވާ ކަމަށެވެ.

އެގޮތުން ޕްރޮސިކިއުޓަރުގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައިން ފާސް ކުރުމާއި، ކުންފުނީގެ ޤާނޫނަށް ސަރުކާރުގެެ ފަރާތުން ހުށަހެޅި ބިލް ފާސްކޮށް ނިންމާފައިވާކަން މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.

އެއަށްފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އޮކްޓޫބަރު 7 ވާ ހޯމަ ދުވަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ފެށުމަށް ނިންމާފައިވާ ކަން ހުރިހާ މެންބަރުންގެ ސަމާލު ކަމަށް ދަންނަވާ ކަމަށެވެ.

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު އަދި މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރުގައި، ހުށަހެޅި 23 ބިލުގެ ތެރެއިން 11 ބިލްގެ މަސައްކަތާއެކު ޖުމްލަ 82.9 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ އޯގަސްޓް މަހުގެ 23 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *