ހޮޅުދޫން މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ، ކަރުގައި ބޮޑެތި ޒަޚަމް ތަކެއް!

ހޮޅުދޫން މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ، ކަރުގައި ބޮޑެތި ޒަޚަމް ތަކެއް!

ނ. ހޮޅުދޫގައި މަރުވެފައި އޮތް ދިވެހި އަންހެނަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މަރުވެފައިވާ އެ އަންހެން މީހާގެ ހަށިގަނޑުގައި ޒަޚަމް ތަކެއް ހުރި ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާއެވެ. އޭނާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާއެކުގަ އެވެ.

ފުލުހުން އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު ކްރައިމް ސީނުގައި ފްރެންސިކުން ދަނީ ހަރަކާތްރިވަމުންނެވެ.

ޒަކިއްޔާ މޫސާގެ ހަށިގަނޑު ކައިރިން ވަނީ ވަޅިއެއް ވެސް ފެނިފަ އެވެ. އެ ވަޅި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *