ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ކާލް ސުޓުމްކަ އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ މިހާރު އިސްތިއުފާ ހުށަވެސް ހަޅާފައެވެ. ބޭންކުންވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް އޭނާ ބޭންކްގެ ވަޒީފާއަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ. މިވަގުތު ކާލް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ކާލް އިސްތިއުފާ ހުށަހެޅުއްވިއިރު، ދާދިފަހުން ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ކުރުން ހުއްޓާލުމާއި ގުޅިގެން އެކަން އޮތީ ހޫނުވެފައެވެ. ނަމަވެސް އިސްތިއުފާއާއި އެކަމާ ގުޅުން އޮތްކަމެއް އަދި ނެތް ކަމެއްވެސް ކަށަވަރެއްނޫނެވެ.
ކާލް، ބީއެމްއެލްގެ ސީއީއޯ ކަމަށް ވަޑައިގަތީ 2022 ވަނަ އަހަރުއެވެ. އޭނާއަކީ ބޭންކިންގ ދާއިރާގައި 35 އަހަރުގެ ތަޖުރިލިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.