ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލްޣަފޫރު (ޔޫސޭ) އެ މަގާމުން ވަކިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔޫސޭ އެ މަގާމުން ވަކިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ މަގާމުން ވަކިކުރި ސބަބެއް ސާފެއް ނުވިއެވެ.
މީގެކުރިން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ކަންވެސް ކުރައްވާފައިވާ ޔޫސޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.
ޔޫސޭ މަގާމުން ވަކި ކުރުމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގައި މިހާރު ތިއްބަވަނީ 3 ސްޓޭޓް މިނިސްޓަރުންނެވެ. އެއީ މުހައްމަދު ކިނާނަތާއި ލުބުނާ ޒާހިރުގެ އިތުރުން އަހުމަދު ސިއްދީގެވެ.