ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރުސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވައި، ލައިސަންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ކަމާބެހޭ ފަރާތްތަަކަށް އަންގަވައިފި އެވެ.
ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި ކަމާބެހޭ ގާނޫނުތަކާއި ގަވައިދު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފައްޓަވާނެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އެގޮތަށް އިދާރާ ތަކަށް އެންގެވީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާއި ގުޅިގެންނެވެ. ރޭ ހިނގި މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެކެވެ.