ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.8 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކައިފި

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.8 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކައިފި

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.8 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމް.އެމް.އޭ( ނުވަތަ ދައުލަތުގެ މާލީ ވުޒާރާއިން ވިއްކާފައި ވަނީ ޖުމްލަ 1.8 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ.

ޓީ-ބިލް ތަކުގެ ތަފުސީލް:

28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.3 ބިލިޔަން ރުފިޔާގެ ޓީ-ބިލް

98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 20 މިލިޔަން ރުފިޔާގެ ޓީ-ބިލް

182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 231 މިލިޔަން ރުފިޔާގެ ޓީ-ބިލް

364  ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 294 މިލިޔަން ރުފިޔާގެ ޓީ-ބިލް

ޓީ-ބިލް ތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތް ތަކަށް އޭގެ އަސްލު އަގު އަދާކުރާ ގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތް ތަކަށް ފައިދާ ލިބެއެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓް ކުރަނީ ބޭންކު ތަކާއި، ޕަބްލިކް ކުންފުނި ތަކާއި، ޕެންޝަން އޮފީހުގެ އިތުރުން ބަޔެއް އަމިއްލަ ބޮޑެތި ކުންފުނި ތަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *