??????

މަޖިލީހުގެ މިދައުރުގެ މުއްދަތު 26 ވަނަ ދުވަހާ ހަމަޔަށް އިތުރު ކުރަނީ

މަޖިލީހުގެ މިދައުރުގެ މުއްދަތު 26 ވަނަ ދުވަހާ ހަމަޔަށް އިތުރު ކުރަނީ

މިމަހު 15 އަށް ހަމަވާ ގޮތަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ވާގޮތުގެ މަތިން މަޖިލީހުގެ މިދައުރުގައި އެންމެ ފަހު ދުވަހަކީ 15 އޯގަސްޓްވާ ބުރާސްފަތި ދުވަސް ކަމަށެވެ.

ނަމަވެސް މިވަގުތު މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތް ތަކެއް ހުރުުމުން މަޖިލިސް ގެ މިދައުރު މިމަހުގެ 26 ވަނަ ދުވަހަށް އިތުރު ކުރަން ގަސްތު ކުރާކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން މަޖިލިސް ރައީސްވިދާޅުވީ އެކަމާބެހޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި މިއަދު ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

މަޖިލީހުގަިއ ނިންމަންޖެހޭ މުހިއްމު މަސައްކަތް ތަކެއް ހުރި ކަމަށް މަޖިލިސް ރައީސް ވިދާޅުވާއިރު، އޭގެތެރެއިން އެންމެ މުހިއްމު މަސައްކަތަކީ، ރާއްޖޭގެ ވަޒީފާ ތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ނިންމުމެވެ.

މިއަދުގެ ނިޔަލަށް އެ މަސައްކަތް ނިންމަން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ. އެހެން ކަމުން މމަހުގެ 26 ހާ ހަމައަށް އެބިލް މަޖިލީހުން ފާސް ކުރާނެއެވެ. އޭގެއިތުރުންވެސް ސަރުކާރަށް އާމްދަނީ ލިބޭނެ މުހިއްމު ބިލު ތަކެއްގެ މަސައްކަތްވެސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް އެބަ ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *