ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އައްޔަން ކުރައްވައިފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ، އެމަގާމަށް އާދަމް ހަލީމް އައްޔަން ކުރެއްވީ، މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އާދަމް ހަލީމަކީ އަބްދުއްރަހީމް ނިސްބަތްވާ ލ. އަތޮޅުގެ މުންޑު އަށް އުފަން ބޭފުޅެކެވެ.
ނޫސްވެރިކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އާދަމްހަލީމް ނޫސްވެރިކަން ފެއްޓެވީ އޭރުއޮތް "އާފަތިސް" ނޫހުންނެވެ. އެއަށްފަހު ހަވީރު ނޫހާއި، ސަން މީޑިއާ އާއި ވީނިއުސް އާއި އަވަސް ނިއުސްގައިވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އެންމެފަހުން އޭނާ ހުންނެވީ މި ފަހުން އޭނާ ވަނީ "ދަ މިރަ"ގެ ނަމުގައި އަމިއްލަ ނޫހެއް އުފައްދައިފައެވެ. ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ދަމް ހަލީމަށް ވަނީ ލިބިވޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނުގެ ރަސްމީ ގެ ކޮޅު މުރައިދޫގެ އަށް، ބަދަލުވެވަޑައިގަތީ މިދިޔަ ޖުލައި 26ގައެވެ.