ދައުލަތުގެ ބަޖެޓާ އެއް ވަރަށް ޔާމީންގެ އެކައުންޓުގައި ފައިސާ އެބަހުރި، އެ ފައިސާއިން ދައުލަތުގެ ބަޖެޓް ފޫބެއްދޭނެ: ފަލާހު

ދައުލަތުގެ ބަޖެޓާ އެއް ވަރަށް ޔާމީންގެ އެކައުންޓުގައި ފައިސާ އެބަހުރި، އެ ފައިސާއިން ދައުލަތުގެ ބަޖެޓް ފޫބެއްދޭނެ: ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ދައުލަތުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ ހުރި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ސިޔާސީ އެކި ކަންކަމަށް އެކައުންޓަށް ބޮޑެތި އަދަދު ތަކުން ފައިސާ ޖަމާވި ކަމަށް ޔާމީން އިއުތިރާފު ވެފައިވާ ކަމަށެވެ. ފަލާހު ވިދާޅުވީ ސިޔާސީ ޕާޓީ ތަކަށް ފައިސާ ހަދިޔާ ކުރަން ވާނީ އެ ޕާޓީއެއްގެ އެކައުންޓަށް ކަމަށެވެ.
ނަމަވެސް ސިޔާސީ ބޭނުން ތަކަށް އެކި ފަރާތްތަކުން ދިން ފަައިސާ ޔާމީން ވަނީ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރައްވާފައި ކަމަށް ފަލާހު ވިދާޅުވިއެވެ.
"ހައްތަހާ ވަނީ ގިނަ، ގިނަވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓުގައި އެބަހުރި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ." ފަލާހު ވިދާޅުވިއެވެ.
"އެމަނިކުފާނުގެ ދޫފުޅުން ވިދާޅުވީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސައުދީ އަރަބިއާއިން 5 މިލިއަން ޑޮލަރު އޭރުގެ މެންބަރުންގެ ކެމްޕޭނަށް ދިނޭ. އޭރު ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެކިވާނެ، މިއީ ދޮގެއް ނޫން. އެހެން ނަމަވެސް އެ 5 މިލިއަން ޑޮލަރުވެސް، ދިވެހި ފައިސާއިން ބުނަންޏާ 77 ރުފިޔާގެ ވާހަކަ މި ދައްކަނީ، މިވެސް ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" ފަލާޙު ވިދާޅުވިއެވެ.
ޔާމީން ހެންވޭރުން ގެއެއް ބައްލަވައިގަނެ އެތަނުގައި އިމާރާތް އަޅާފައިވާ ގޮތާ މެދުވެސް ރައްޔިތުން ސުވާލު އުފައްދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
"މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް. އެކަމަކު ލޯނަކަށް ލޯލާރިއެއް ވެސް ނުނަގާ އެފަދަ ބޮޑެތި އިމާރާތްތަކާއި ވިޔަފާރިތަކާ ތަންތާ ކުރާ ކަމަށް ވަންޏާ ރައްޔިތުން އޭރުގައި ވެރިކަން ކޮށްފައި ތިބި ވެރިންނާ ދޭތެރޭ ސުވާލު އުފައްދާނެ،" ފަލާހު ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *