އާރުޑީސީގެ އިސްބޭފުޅުން މިއަދު މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

އާރުޑީސީގެ ޚިޔާނާތް: އެއްވެސް ޑޮކިއުމެންޓެއް ނެތް 161 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ: އެމްޑީ

އާރުޑީސީގެ ޚިޔާނާތް: އެއްވެސް ޑޮކިއުމެންޓެއް ނެތް 161 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ: އެމްޑީ

ކުރީގެ ސަރުކާރުގައި އެއްވެސް ޑޮކިއުމެންޓެއް ނެތި 161.2 މިލިޔަނަށް ވުރެން ގިނަ ރުފިޔާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކި ފަރާތް ތަކަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުރީގެ ސަރުކާރުގައި ދައުލަތުގެ ކުންފުނި ތަކުން ހިންގާފައިވާ ކޮރަޕްޝަނާބެހޭ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީިމިޓީ) އިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އާރުޑީސީގެ އިސް ބޭފުޅުން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.

އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންތަކާއި ބެހޭ ގޮތުން ކޮމިޓީގެ މެންބަރު ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން  އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، 2022 ވަނަ އަހަރު އެކުންފުނިން އެކި ފަރާތްތަކަށް 66 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަން ބޭންކުގެ ރިކޮންސިލޭޓުން ފެންނަން އެބައޮތް ކަމަށެވެ. އަދި ހުސްވި 2023 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް 95 މިލިޔަން ރުފިޔާ ދޫކޮށްފައި ވާކަން އެގެން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާބެހޭ މައުލޫމާތެއް، ޑޮކިއުމެންޓެސް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް ޑޮކިއުމެންޓެއް އަދި މިހާތަނަަށް ނުފެނި އެބައިން 66 މިލިޔަން ހަރަދު ކޮށްފަ، އެކި ފަރާތްތަކަށް ދޫކޮށްފަ، އެެއްވެސް ޑޮކިއުމެންޓެއް އަދި އަޅުގަނޑުމެންނަށް މިއުޅެނީ މިހާތަނަށް ނުފެނިގެން އެއްވެސް ސްޓޭޓްމެންޓެއް، އެއްވެސް އެއްޗެއް ނެތި 2022 ގައި އެބައިން ހަރަދު ކޮށްފަ، އޭގެއިތުރަށް އަޅުގަނޑުމެން ހަވާލުވި ހިސާބާ ހަމައަށް އެއީ 2023 ގެ ނޮވެމްބަރާ ހަމައަށް އެބައިން 95 މިލިޔަން އެއްވެސް ކަހަލަ ސްޓޭޓްމެންޓެއް ނެތި އެެއްވެސް ކަހަަލަ ޑޮކިއުމެންޓެއް ނެތި ފައިސާ ދޫކޮށްފަ، އެތަކެތި އަޅުގަނޑުމެނަށް ފެންނަން އޮތީ ބޭންކުގެ ރިކޮންސިލޭޓުން މިއަށް ސަޕޯޓިވް އެއްވެސް ޑޮކިއުމެންޓެއްވެސް ފެންނާކަށް ނެތް،" ޒުހޭރު ވިދާޅުވިއެވެ.

ޒުހެއިރު ވިދާޅުވީ، ހުސްވި ނޮވެމްބަރު މަހު 90 މިލިޔަން ރުފިޔާ ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ޖަމާކޮށްފައި ވާކަންވެސް އެނގެން އެބައޮތް ކަމަށެވެ. ނަމަވެސް އެބޭފުޅުން ކުންފުންޏާ ހަވާލުވިއިރު އިނީ 4 މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަންތައް ތަކަށް ތުހުމަތު ކުރެވޭ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ސެކްޝަން ބަދަލު ކުރުމާއި، ބައެއް މުވައްޒަފުން ވަކިކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނީގެ ކޮރަޕްޝަން މައްސަލަތައް ފުލުހުންނާއި އޭސީސީން ބަލަމުންދާ ކަމަށެވެ. އެހެން ކަމުން އެކަމާބެހޭ ތަފްސީލީ މައުލޫމާތާ ބެހޭ ގޮތުން މިވަގުތު ވާހަކަ ދެއްކެން ނެތް ކަމަށެވެ. އަދި އޮޑިޓް އޮފީހާ ހަވާލު ކޮށްގެން އޮޑިޓެއް ހަދަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެ އޮޑިޓް ކޮށްނިމި ފުލުހުންގެ ތަހުގީގާއެކު، އެ ކުންފުނިން އެގޮތަށް ފައިސާ ދޫކުރި ފަރާތްތަކުގެ ތަފްސީލް އެނގިގެންދާނެ ކަމަަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އޭނާ ވިދާޅުވީ އެ ފައިސާ ހޯދޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *