ކެނަބިސް ޓްރެފިކްކުރި މީހަކު 23 އަހަރާއި 10 މަހުގެ މުއްދަތަަށް ޖަލަށްކުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ސ. މަރަދޫ ކޮރަލް އަހްމަދު ސާތިއުގެ މައްޗަށެވެ. ކެނަބިސްއާއެކު އޭނާ އަތުލައިގެންފައި ވަނީ، ނޯތު ހާބަރުގައި އޮތް ސ. މަރަދޫ "ރަންދޫ" ނަމަކަށް ކިޔާ ބޯޓަކުން މަަސްތުވާތަކެތި ހިފައިގެން ފުރަން އުޅެނިކޮށެވެ. އެމައުލޫމާތާއި ގުޅިގެން ފުލުހުން އެސަރަހައްދަށްގޮސް އޭނާ ހިފަހައްޓައި ޗެކް ކުރުމަށްފަހު ހައްޔަރު ކުރިއެވެ.
މި މައްސަލައިގައި އޭނާ ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު ޖޫރިމަނާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރު ކޮށްފައެވެ.