އާ ގަވަރުނަރަކަށް ކުރީގެ މިނިސްޓަރު މުނައްވަރުގެ ނަން ފޮނުވައިފި

އާ ގަވަރުނަރަކަށް ކުރީގެ މިނިސްޓަރު މުނައްވަރުގެ ނަން ފޮނުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ ގަވަރުނަރުކ ަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، އަހުމަދު މުނައްވަރުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މުނައްވަރަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން، މަޖިލިސް ރައީސް ވަނީ އެކަން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހުގެ ސަރުކާރުން އައްޔަން ކުރެވި، ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް، ރައީސް މުއިއްޒު އެމަގާމުން ވަކިކުރެއްވީ އިއްޔެއެވެ. އެއީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ރައީސަށް މަޝްވަރާދިނުމާއި ގުޅިގެންނެވެ.

އެމްއެމްއޭގެ އާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވި މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުގައެވެ. މުނައްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *